Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

10 ރަށެއްގެ ޕާކު އިންޑިއާގެ އެހީގައި އަޅަނީ

އަވަށްޓެރި އިންޑިއާގެ އެހީގައި ރާއްޖޭގެ 10 ރަށެއްގައި ޕާކު އެޅުމަށް ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައެވެ. ޕާކް އަޅަން ނިންމާފައިވާ ރަށްތަކަކީ ހދ. ނާވައިދޫ، ށ. ޅައިމަގު، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ބިލެތްފަހި، ށ. ފޭދޫ، ނ.މާފަރު އަދި ނ.ފޮއްދޫ އެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރުގެ 10 ރަށެއްގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕާކް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެކުރިންވެސް ބައެއް ރަށްތަކުގައި ޕާކުތައް އެޅުމަށް ކުންފުނިތަކަށް ހަވާލުކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކުގައި ކަސްރަތު ކުރާނެ ސަރަހައްދުތައް ވެސް ވަނީ ގާއިމްކޮށްފައެވެ.