Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ގޮންޖެހުންތަކާއެކު ވެސް ގައުމުތަކުގެ ސުލްހައަށް އދ. އިން ކުރަނީ ބުރަ މަސައްކަތެއް: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ---

ގޮންޖެހުންތަކާއެކުވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ސުލްހައާއި އަމާންކަން ގެނައުމަށް އދ. އިން ކުރަމުން ގެންދަނީ ބުރަ އަދި މުހިއްމު މަސައްކަތެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އދ. ރަސްމީކޮށް ވުޖޫދަށް އައިތާ 75 އަހަރު ފުރުނު މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ. އަކީ ގޮންޖެހުންތަކާއި އެކުގައި ވެސް ދުނިޔޭގެ ގައުމުތަކުގެ މެދުގައި ސުލްހައާއި އަމާންކަން ގާއިމްކޮށް ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ޖަމްއިއްޔާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ގައުމުތަކުގެ މެދުގައި އެއް ރޫހެއް އދ.ގެ ބައިވެރިވުމާއެކު ފެނިގެންދާ ކަމަށެވެ.

އދ. އުފެދިފައި ވަނީ ދެވަނަ ބޮޑު ހަނގުރާމަ އަށްފަހު އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ގައުމުތަކުން އެކުގައި މަސައްކަތް ކުރަން ފެށުނު ހިސާބުންނެވެ.