Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ގަތަރުގެ ލުއި ލިސްޓަށް ރާއްޖެ

ރާއްޖެއިން ގަތަރަށް ދާ މީހުންނަށް ކަރަންޓީނުގައި ލުއި ދިނުމަށް ގަތަރު ސަރުކާރުން ނިންމާ ގަތަރުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

މި ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖެއިން ގަތަރަށްދާ ފަރާތްތައް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނީ ގޭގައި ތިބެގެންނެވެ. މީގެކުރިން ކަރަންޓީނުވާން ޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ތަންތަނުގައެވެ.

ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން އެހެން ގައުމުތައް ގްރީް ލިސްޓުގައި ހިމަނަނީ އެގައުމުތަކުގައި ކޮވިޑް ފެތުރޭ ނިސްބަތަށް ބެލުމަށްފަހުއެވެ. ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. ދުވަސްތަކެއް ވަންދެން 100 އިން މަތީގައި ޕޮޒިޓިވްވާ މީހުން ހުރި ނަމަވެސް ކަމާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަދަދު އަންނަނީ ދަށްވަމުންނެވެ.

ރާއްޖެ އަކީ ގަތަރުގެ ގްރީން ލިސްޓަށް އެރި ގައުމަކަށްވުމުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހު ހުޅުވާލުމުން އެންމެ ފުރަތަމަވެސް ރާއްޖެ އައިސްފައި ވަނީ ގަތަރުގެ ބޯޓެކެވެ.