Last Updated: June 8, 21:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޕްރަބޫ މިފަހަރު "އެކްޝަން ޖެކްސަން" އާ އެކު

ޕްރަބޫ ދޭވާގެ އާ ފިލްމްގެ ނަމަކަށް "އެކްޝަން ޖެކްސަން" ހަމަޖައްސައިފި އެވެ.

މިއީ "ވޯންޓެޑް" އާއި "ރައުޑީ ރާތޯޑް" ފަދަ ކާމިޔާބް ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ މަޝްހޫރު ކޮރިއޯގްރާފަރު ޕްރަބޫ ދޭވާ ޑައިރެކްޓް ފަސް ވަނަ ފިލްމެވެ.

އޭނާ އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދިނީ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ފިރިހެން ދަރިފުޅު ގިރިޝް ތައުރާނީ ބޮލީވުޑަށް ތައާރަފްވި "ރަމަޔާ ވަސްތާވަޔާ" އެވެ.

"އެކްޝަން ޖެކްސަން" ގެ ލީޑް ރޯލް ކުޅެނީ އަޖޭ ދޭވްގަން އެވެ. މި ފިލްމްގައި އަޖޭ އާ އެކު ތިން ބަތަލާއިން ފެނިގެން ދާނެ އެވެ.

އެގޮތުން އަޖޭ އާ އެކު "ސަން އޮފް ސަރްދާރް" އިން ފެނިގެން ދިޔަ ސޮނާކްޝީ ސިންހާ އާއި "ވިކީ ޑޯނާ" އިން ތައާރަފްވި ޔަމީ ގޯތަމީ ވަނީ "އެކްޝަން ޖެކްސަން" އަށް ސޮއިކޮށްފަ އެވެ. އަދި ފިލްމްގެ ތިން ވަނަ ބަތަލާ ހޯދުމުގެ މަސައްކަތް ޕްރަބޫ ދޭވާ އަންނަނީ ކުރަމުންނެވެ.

ގޮރްދާން ތަންވާނީ ޕްރޮޑިއުސް ކުރާ "އެކްޝަން ޖެކްސަން" ގެ މަންޒަރުތައް މިހާރު ވަނީ ނަގަން ފަަަށައިފަ އެވެ. މި ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނީ އަހަރުގެ ތެރޭގަ އެވެ.