Last Updated: July 19, 05:51
Saturday, July 19, 2025
ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް މިއަހަރު ނުބާއްވަން ނިންމައިފި

ޗެމްޕިއަން ބޭރުމަތި އެފްސީ - ފޮޓޯ: އައްޑޫ ލައިވް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބޭއްވުމަށް ނިންމި ފުޓްބޯޅަ މުބާރާތެއް މިއަހަރު ނުބޭއްވުމަށް ނިންމައިފިއެވެ.

މިގޮތަށް ކައުންސިލުން ފާސްކުރީ ކައުންސިލަރ އިބްރާހީމް ޝުކުރީގެ ހުށަހެޅުމަކަށް ބިނާކޮށެވެ. މި ހުށަހެޅުން ފާސްވީ ހަތަރު ކައުންސިލަރުންގެ ތާއީދާއެކުއެވެ.

މިއަހަރު މުބާރާތް ނުބޭއްވުމަށް ނިންމީ ކައުންސިލްގެ މާލީ ޙާލަތު ހުރިގޮތުން މުބާރާތް ކުރިއަށް ގެންދެވެން ނެތުމުން ކަމަށް ކައުންސިލަރުން ފާސްކުރި ހުށަހެޅުމުގައި ވެއެވެ.

މިދިޔަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ބޭރުމަތި އެފްސީ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައިވަނީ 10،000 ރުފިޔާފައެވެ.

މި މުބާރާތަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވަން ނިންމި މުބާރާތެކެވެ.