އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކަށަވަރުކޮށްފައިވާ މުހައްމަދު ނަޝީދު ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު މިޝެލް ޖޭ. ސިސޯން އާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ މީގެ ކުޑަ އިރުކޮޅެއް ކުރުން މާލޭގައި ހުންނަ ސިސޯންގެ އޮފީހުގަ އެވެ.
އެ ކަމަނާ އާއި ނަޝީދާ ބޭއްވި ބައްދަލުވުމުގައި މި މަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުފެ ދެވަނަ ބުރާއި އަދި އިންތިހާބާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.
އެހެން ނަމަވެސް މި ބައްދަލު ކުރެއްވުމާ ބެހޭ ތަފުސީލެއް އެމްޑީޕީން އަދި ނުދެ އެވެ.