Last Updated: April 20, 16:20
Saturday, April 20, 2024
ޚަބަރު

ރިކޯޑު އަދަދަކަށް ވީއައިއޭ އަށް ޖެޓު ޖައްސައިފި

ވީއައިއޭ އަށް ޖެޓުތައް ޖައްސާފައި --

ބޯޑަރު ހުޅުވިފަހުން ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ރިކޯޑު އަދަދަކަށް ޕްރައިވެޓު ޖެޓު ޖައްސައިފިއެވެ.

އެގޮތުން މި މަހުގެ މިހާތަނަށް 126 ޖެޓު ވަނީ ޖައްސައިފައެވެ. ވީއައިއޭ ހިންގާ ކުންފުނި، އެމްއޭސީއެލް އިން މިއަދު ބުނީ ބޯޑަރު ހުޅުވި ފަހުން އެއާޕޯޓަށް ޖެޓުތައް ޖައްސާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.

ބޯޑަރު ހުޅުވި މަހު 28 ޖެޓެއް ރާއްޖެ އައިސްފައިވާއިރު އޯގަސްޓު މަހު 59 ޖެޓު ވަނީ ވީއައިއޭ އަށް ޖައްސައިފައެވެ. ސެޕްޓެމްބަރު މަހު 60 ޖެޓު ޖައްސައިފައިވާއިރު މި މަހުގެ މިހާތަނަށް 126 ޖެޓު ޖައްސައިފައިވެއެވެ.

އެހެންކަމުން މިހާތަނަށް ބޯޑަރު ހުޅުވި ފަހުން 273 ޖެޓު ވީއައިއޭ އަށް ވަނީ ޖައްސައިފައެވެ. ވީއައިއޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގަައި ގާއިމްކޮށްފައިވާ އެއާޕޯޓުތަކަށް ވެސް ޖެޓުތައް ޖައްސާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.