Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް

ދިވެހިރާއްޖޭގަެ ހައިކޯޓު --

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެމެ، ކުޑަ ކުއްޖަކާއި ބެހުނު މީހަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

ދ. ކުޑަހުވަދޫ ފައިވްސްޓާ އިމްރާހިމް ޝުޖާއުގެ މައްޗަށް މީގެކުރިން ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމް ކުރީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ މައްސަލަ ސާބިތު ނުވާ ކަމަށެވެ. އެ މައްސަލ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ ކުޑަހުވަދޫ ކޯޓުން އެ މައްސަލާގައި ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. ދައުވާ ލިބޭ ޝުޖާއުގެ މައްޗަށް މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

މި ހާދިސާ ހިނގިއިރު ކުޑަ ކުއްޖާގެ އުމުރަކީ 9 އަހަރެވެ. އެ މައްސަލަ އެކުއްޖާގެ މަންމަ އަށް ކިޔައިދީފައިވާއިރު އާއި އެ ހާދިސާ ތަފާތު މާހައުލުތަކުގައި ސިފަކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް އެކަމުގައި ޝައްކެއް ނުއުފެދޭ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.