Last Updated: April 20, 16:20
Saturday, April 20, 2024
ކުޅިވަރު

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ވާހަކަ ޕޮގްބާ ދޮގުކޮށްފި

ފްރާންސްގެ ގައުމީީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ދޮގުކޮށްފިއެވެ.

ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން އިސްލާމްދީނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކާ މެދު ހިތްހަމަނުޖެހި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޕޮގްބާ ނިންމި ކަމަށް ބުނެ އިނގިރޭސި ބައެއް މީޑީއާތަކުގައި މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް ޕޮގްބާ މިއަދު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ކަމަށް ބުނެ ފަތުރަމުންދަނީ "ފޭކު" ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ގޮތަކަށް ހަބަރުތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޕޮގްބާ ބުނެފައިވެއެވެ.

ފްރާންސްގެ ގައުމީ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ޕޮގްބާ ވަނީ އެޓީމަށް މިހާތަނަށް 71 މެޗު ކުޅެދީ 10 ގޯލު ކާމިޔާބުކޮށްދީފައެވެ. ޕޮގްބާ ވަނީ ފްރާންސްގެ ގައުމީ ޓީމާއެކު މިހާތަނަށް ވޯލްޑް ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ.