Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ޖާބިރު ބޭނުންވަނީ ކޯޓަށް މައުމޫން ހާޒިރުކޮށް ޝަރީއަތް ލައިވްކުރަން

މައުމޫން އަދި ޖާބިރު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫގެ އަތުން 29 މިލިޔަން ރުފިޔާ ހޯދަން، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ރައީސް މައުމޫން ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ޖާބިރު އެދިވަޑައިގެންފިއެވެ.

ޖާބިރު ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވިދާޅުވެފައިވަނީ އޭނާގެ އަތުން މައުމޫން ނަގާފައިވާ 29 މިލިއަން ރުފިޔާ، އަނބުރާ ދައްކާފައިނުވާތީ އެ ފައިސާ ބޭނުންކޮށްގެން އޭނާ އަށް ކުރެވެން ހުރި އެތައް ވިޔަފާރިއަކުން ލިބެންޖެހޭ އެތައް މިލިއަން ރުފިޔާގެ ނަފާ ލިބުމުގެ މަގު ބަންދުވެ އެކަމުގެ ސަބަބުން އޭނާ އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ޖާބިރު ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވަނީ މި ފައިސާ އެއްފަހަރާ ދެއްކުމަށެވެ. ނަމަވެސް އެ ފައިސާ ނުދެއްކިއްޖެނަމަ މައުމޫންގެ ގެކޮޅު މއ.ކިނބިގަސްދޮށުގެ އޭނާއާ ހަވާލުކުރުމަށް ޖާބިރު ވަނީ މައްސަލާގައި އެދިވަޑައިގެންފައެވެ.

މި މައްސަލަ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ޖާބިރު ވަނީ ހުށަހަޅާފައެވެ. އެގޮތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ އިތުރުން އާމިނަތު ޝަބީބާ ކިޔާ ބޭފުޅެކެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާގެ މުއާމަލާތުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެމުއާމަލާތަކީ ހިނގަދިޔަދަ މުއާމަލެއްތޯ އެއްސެވުމަށް ރައީސް މައުމޫން ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން އެ މައްސަލާގައި ވަކީލަކު ފޮނުއްވާއިރު ރައީސް މައުމޫން އެ މައްސަލަ އަށް ހާޒިރު ކުރެއްވުމަށް ޖާބިރަށް އެދިވަޑައިނުގެންނެވޭނެ ކަމަށް ގާޒީ މިއަދު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާގެ މުއާމަލާތުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން އޭނާ ވަނީ އެ މުއާމަލާތަކީ ހިނގަދިޔަދަ މުއާމަލެއްތޯ އެއްސެވުމަށް ރައީސް މައުމޫން ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ޖާބިރު މިއަދު އެދިވަޑައިގަތެވެ.

ނަމަވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން އެ މައްސަލާގައި ވަކީލަކު ފޮނުއްވާއިރު ރައީސް މައުމޫން އެ މައްސަލަ އަށް ހާޒިރު ކުރެއްވުމަށް ޖާބިރަށް އެދިވަޑައިނުގެންނެވޭނެ ކަމަށް ގާޒީ މިއަދު ވިދާޅުވިއެވެ.