ައަައްޑޫ ސިޓީ ކައުންސިލް އިދާރާގެ އިދާރާގެ ނެޓްވޯކް ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ފަޔަވޯލް އެ އިދާރާ އަށް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ އެ ތަކެތި އެ އިދާރާއަށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު މި މަހުގެ 22 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށެވެ.
ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ބަލައި ގަތުމުގެ ސެޝަނުގައި ބައިވެރި ނުވެވޭނެ ކަމަށް ކައުންސިލް އިދާރާ އިން ބުންޏެވެ. އަދި މައުލޫމާތު ހޯދުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ވެސް ބުންޏެވެ.