ސ. ހިތަދޫ މަނިކުބޯޅަ ދަނޑުގެ ވަށާ ފާރު ރާނައި ފެންސް ޖެހުމާއި އަދި ދަނޑު ދިއްލުމަށް ބޭނުންވާ ލައިޓް ޕޯސްޓް ޖަހައި ދަނޑު ދިއްލުމުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް ހުށަހަޅާފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލް އިދާރާ އިން ބުނީ ކުރިން ކުރި އިޢުލާނަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަދު 11:00 އަށް ކައުންސިލް އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު މި މަހުގެ 18 ވާ ބުދަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
ޕްރޮޕޯސަލް ބަލައި ގަތުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ބަލައި ގަތުމުގެ ސެޝަނުގައި ބައިވެރި ނުވެވޭނެ ކަމަށާއި މަޢުލޫމާތު ހޯދުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.