Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ބަންގްލަދޭޝް ހައި ކޮމިޝަނަރު ޗީފް އޮފް ޑިފެންސް ޝަމާލްއާ ބައްދަލުކޮށްފި

ބަންގުލަދޭޝްއިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ ރިއާ އެޑްމިރަލް ނަޒްމުލް ޙަސަން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝް އަސްކަރިއްޔާއާ ދެމެދު ޒަމާނުންސުރެ އޮތް ބަދަހި ގުޅުމާ ގުޅޭ ގޮތުންނާއި، ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، ދިވެހި ސިފައިންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދައިދިނުމާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެ ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.