Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މިއަދު ޕޮޒިޓިވްވީ 35 މީހުން، ގިނައީ ދިވެހިން

މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ: ފޮޓޯ / ސަން

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 35 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވީ 24 ދިވެހިންނާއި 11 ފިރިހެނުން ކަމަށެވެ. އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 11,567 އަށް އަރާފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 9 މީހުން ޕޮޒިޓިވްވެފައި ވަނީ ރަށްތަކުންނެވެ. ބާކީ ތިބި މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި މި ބަލި ޖެހިގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު 871ގައި އުޅޭއިރު އޭގެތެރެއިން 47 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 10،652 މީހުން ރަނގަޅުވެފައިވާއިރު ބަލި ޖެހިގެން 37 މީހުން ވަނީ މަރުވެފައެވެ.