Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ހިތަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.

ފެނަކަ އިން ބުނީ ހިތަދޫ 13 ނަމްބަރު ސަބް ސްޓޭޝަނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސަރަހައްދުގެ ގެތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ.

އަދި މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ދިމާވެދާނެ ދަތިކަމަށް ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށް ފެނަކަ އިން ބުނެއެވެ.

އައްޑޫ އިން ދޭތެރެދޭތެރެ އިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާއިރު، އައްޑޫގެ ކަރަންޓުގެ ނިޒާމު ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްްޓަރު އަހުމަދު ސައީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.