Last Updated: April 23, 21:11
Tuesday, April 23, 2024
ކުޅިވަރު

ބާސާ އިން ޔުވެންޓަސް ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ބާސެލޯނާ އާއި މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ބާސާ ރޭ މޮޅުވީ ޔުވެންޓަސްއާ ބައްދަލުކޮށް 2-0 އިންނެވެ.

މި ނަތީޖާއެކު ގްރޫޕް ޖީ ގެ އެއްވަނައިގައި ބާސެލޯނާ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އޮތީ ތިން ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މި ގްރޫޕްގައި ދެން އޮތް ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް އާއި ހަންގޭރީގެ ފެެރެންސްވަރޯސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި އޮސްމާނޭ ޑެމްބެލޭ ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. އަދި އެޓީމުގެ ދެވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.

މި މެޗުގައި ޔުވެންޓަސްގެ ޑިފެންޑަރު މެރިހް ޑެމިރަލް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން އެޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ޔުނައިޓެޑް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި އާރްބީ ލައިޕްޒިގުގެ މައްޗަށް 5-0 އިންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ފަސް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް މާކަސް ރަޝްފޯޑް ވަނީ ހެޓްރިކެއް ހަދާފައެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ގްރީންވުޑް އާއި އެންތަނީ މާޝިއަލް އެވެ.

މި ގްރޫޕްގައި ރޭ ޕީއެސްޖީން ރޭ ވަނީ ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރް އަތުން 2-0 އިން މޮޅުވެފަ އެވެ.

ރަށުން ބޭރުގައި ރަޝިޔާގެ ކްރަސްނޯޑާއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 5-0 އިންނެވެ.

އެގޮތުން ޗެލްސީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފްގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ކަލުމް ހަޑްސަން-އޮޑޯއި އެވެ. މި ގޯލަކީ ކަރަސްނޯޑާގެ ގޯލްކީޕަރު މަޓްވޭއި ސަފޯނޯފް އަތް ހެދުނު ގޯހަކުން ވަން ގޯލެކެވެ. އަދި ޗެލްސީގެ ދެވަނަ ގޯލު ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީ އަކުން ޓިމޯ ވާނާ ކާމިޔާބުކޮށްދިންއިރު، ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެކް އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ކްރިސްޓިއަން ޕުލިސިޗް ވަނި ޗެލްސީ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ސެވިއްޔާ އިން ރޭ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ފްރާންސްގެ ރެނެސް ބަލިކޮށްފަ އެވެ.