Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

އުނގޫފާރުން ޕޮޒިޓިވްވި މީހާގެ ދެވަނަ ޓެސްޓު ނެގެޓިވް

ރ.އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލް އަކުން ޕޮޒިޓިވްވި މީހާ ދެވަނަ ފަހަރަށް ޓެސްޓު ކުރިއިރު ނެގެޓިވް ކަމަށް ދައްކައިފިއެވެ.

ރެންޑަމްކޮށް އެ ރަށުން ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ.ކުޑަކުރަތުން ބިދޭސީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވްވުމުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

ނަމަވެސް މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އުނގޫފާރުން ޓެސްޓު ކުރި މީހާގެ ދެވަނަ ސާމްޕަލް އެއް ނަގާފައިވާ ކަމަށާއި އެ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އަދި އެރަށް މޮނީޓަރިންގެ ހާލަތުން އުވައެއް ނުލައެވެ.

ރާއްޖެއިން މިހާތަނަށް 11,591 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް ބަލި ޖެހިގެން ފަރުވާ ދެމުން ގެންދަނީ 682 މީހަކަށް ކަމަށް އިއްޔެ އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. މިބަލީގައި 37 މީހަކު ވަނީ ރާއްޖެ އިން މަރުވެފައެވެ.