ފަންޑިތަ ހަދާ ކަމަށް ތުހުމަތު ކުރެވިގެން އިއްޔެ ހައްޔަރު ކުރި ސ. ހިތަދޫ ސޯމާ އިބްރާހީމް މަނިކު ދޫކޮށްލަން އެމްޑީޕީން ފުލުހުންނަށް ގޮވާލައިފި އެވެ.
އިބްރާހީމް ދޫކޮށްލަން ސޯޝަލް މީޑިއާގެ އެމްޑީޕީގެ އެކިއެކި ގްރޫޕްތަކުގައި މިހާރު އަންނަނީ ވަރަށް ބޮޑަށް ގޮވާލަމުންނެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ ގޭގައި ފަންޑިތަ ހަދާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އިތުރު ތަފުސީލެއް މިހާތަނަށް ނުދެ އެވެ.
ބައެެއް ފަރާތްތަކުން ވާހަކަ ދައްކާ ގޮތުގައި އިބްރާހީމް ހައްޔަރު ކުރީ ކުރިއަށް އޮތް ރިޔާސީ އންތިހާބުގެ ދެވަނަ ބުރަށް، އިންތިހާބާ ގުޅޭ ކަމެއްގައި އޭނާ އެމްޑީޕީ އަށް ފަންޑިތަ ހަދައިދޭ ކަމަށް ބެލެވިގެންނެވެ. އަދި އެ ގެއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ރަނިންމޭޓް ޑރ. މުސްތޮފާ ލުފުތީ ޒިޔާރަތް ކުރައްވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.
އަދި އެވާހަކަ އެމްޑީޕީ އާއި އާއިލާއިން ދޮގުކުރެއެވެ.