Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އިންޑިއަން ހައި ކޮމިޝަނަރާ ސީޕީ ބައްދަލުކޮށްފި

ޖޭގައި ހުންނަވާ އިންޑިއަން ހައިކޮމިޝަނަރޫ ރާޖީވް ޝަހާރޭ އާ ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ޢަބްދުﷲ ރިޔާޒް ބައްދަލު ކުރައްވައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އާ އެކު ބޭއްވި މި ބައްދަލުވުމުގައި އިންޑިއަން ހައި ކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އެންމެހައި ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގައި ފުލުހުން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި ފުލުހުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އަދި އިންތިޚާބުގެ ދެވަނަ ބުރުގެ އެންމެހައި ކަންކަން ވެސް އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ފުލުހުން އަދާ ކުރަން ޖެހޭ ދައުރު ވަރަށް ފުރިހަމަ އަށް އަދާ ކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރިޔާޒު ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމުގައި ވެސް ފުލުހުންނާއި ކަމާ ބެހޭ އެންމެހައި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވި އެވެ.