Last Updated: June 8, 21:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

"އަގްލީ" ގެ ޓްރެއިލާ ލޯންޗްކޮށްފި

ބޮލީވުޑްގައި ތަފާތު ވައްތަރުގެ ފިލްމްތައް ހެދުމަށް މަޝްހޫރު އަނޫރާގް ކޭޝަޕްގެ އާ ފިލްމް "އަގްލީ" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

މި ފިލްމަކީ އަނޫރާގްގެ ޕްރޮޑަކްޝަން ހައުސް ފޭންޓަމް ފިލްމްސް އާއި ދާރް މޯޝަން ޕިކްޗާސް ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމް ޑައިރެެކްޓްކޮށްފައި ވަނީ އަނޫރާގެވެ.

ބިރުވެރި ސަސްޕެންސުން ފުރިގެންވާ ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ "އަގްލީ" ގެ ތަރިންގެ ތެރޭގައި ސޮނީގެ މަޝްހޫރު ޓީވީ ސިލްސިލާ "ހީނާ" ގައި ސަމީރްގެ ރޯލް އަދާ ކުރި ރާހުލް ބަޓް އާއި ރޯނިތު ރޯއި (ބަޖާޖް)، ތޭޖާސްވިނީ ކޯލަޕޫރީ، ސުރްވީން ޗާވްލާ، ސިދާންތު ކަޕޫރު، ވިނީތު ސިންގް އަދި ގިރިޝް ކުލްކަރުނީ ހިމެނެ އެވެ.

"އަގްލީ" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 11 ގަ އެވެ.