ވެރިކަމަށް އަލުން ވަޑައިގަތުމަށް ފަހު އައްޑޫގައި ތާރު އަޅައިގެން އިތުރު 22 ކިލޯ މީޓަރުގެ މަގު ހައްދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އައްޑު އަށް ވަަޑައިގެން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ލިންކް ރޯޑް ވެގެން ދާނީ ހަމައެކަނި ބައިސްކަލް ދުއްވާ މަގަކަށް ކަމަށެވެ.
އެހެންވެ އެހެނިހެން ވެހިކަލްތަަކަށް ހާއްސަކޮށްގެން ގުޅިފައިވާ ރަށްރަށުގެ ފުއްޓަރު ފަރާތުން ތާރު އަޅައިގެން މަގު ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް ބޭއްވުމާ ދިމާކޮށް ހިތަދޫ ބޮޑު މަގާއި ސަމިޓް ބޭއްވި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ވަށައިގެންވާ މަގުތަކުގައި ތާރު އަޅައިގެން ހަދާފައިވެ އެވެ.