Last Updated: July 5, 20:34
Sunday, July 6, 2025
ކުޅިވަރު

އިންޑިއާގެ އެހީގައި އިތުރު 10 ރަށެއްގައި ޕާކު އަޅަނީ

އަވަށްޓެރި އިންޑިއާގެ އެހީގައި ރާއްޖޭގެ އިތުރު 10 ރަށެއްގައި ޕާކު އެޅުމަށް ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައެވެ. ޕާކް އަޅަން ނިންމާފައިވާ ރަށްތަކަކީ ހއ.ބާރަށް، ފ.ބިލެތްދޫ، ދ.ހުޅުދެލި، ދ.ބަނޑިދޫ، ދ.މާއެނބޫދޫ، ތ.މަޑިފުށި، ތ.ކިނބިދޫ، ތ.އޮމަދޫ، ތ.ދިޔަމިގިލި އަދި ފުވައްމުލަކު ސިޓީގައެވެ.

މީގެކުރިންވެސް ބައެއް ރަށްތަކުގައި ޕާކުތައް އެޅުމަށް ކުންފުނިތަކަށް ހަވާލުކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކުގައި ކަސްރަތު ކުރާނެ ސަރަހައްދުތައް ވެސް ވަނީ ގާއިމްކޮށްފައެވެ.

އޭގެތެރެއިން ބައެއް ރަށްތަކުގައި މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.