Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ފަހަތުން އަރައި ވެލެންސިއާ އިން ރެއާލް ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި 4-1 އިން ވެލެންސިއާ އިން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ 16 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ވެލެންސިއާ އޮތީ 11 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ. އެއްވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ރެއާލް ސޮސިއެޑާޑް އެވެ.

ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ 23 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސޮލާ ވަނީ ވެލެންސިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 43 ވަނަ މިނެޓްގައި ރެއާލްގެ ރަފޭލް ވަރާން އަތުން ބައިކޮޅަށް ވަތް ގޯލާއެކު ވެލެންސިއާ އިން ވަނީ ލީޑު ނަގާފައެވެ.

ވެލެންސިއާގެ ތިންވަނަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސޮލާ ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ތިންވަނަ ގޯލުވެސް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީ ސޮލާ ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ.

މިއީ 2018 ގެ އޮކްޓޫބަރު މަހު ބާސެލޯނާ އިން ރެއާލް ކޮޅަށް ފަސް ގޯލް ޖެހި ފަހުން އެ ޓީމު ކޮޅަށް ހަތަރު ލަނޑު ނުވަތަ އެއަށް ވުރެ ގިނައިން ވަން ފުރަތަމަ މެޗެވެ. އަދި މިއީ އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ވެލެންސިއާ އިން ހޯދި ފުރަތަމަ މޮޅެވެ.