Last Updated: March 28, 18:00
Thursday, March 28, 2024
ކުޅިވަރު

32 ރަށެއްގައި އައުޓްޑޯ ޖިމް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ބަޔާ ހަވާލުކޮށްފިއެވެ.

އެގޮތުން މި މަސައްކަތް ކުރުމަށް ޔޫތް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ.

އެގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

ހއ. ބާރަށް
ހއ. ތަކަންދޫ
ހއ.މުރައިދޫ
ހދ. ކުޅުދުއްފުށި
ހދ. ނޭކުރެންދޫ
ހދ. ކުމުންދޫ
ހދ. ވައިކަރަދޫ
ށ. ފޯކައިދޫ
ށ. ކަނޑިތީމު
ނ. ހެނބަދޫ
ނ. މާޅެންދޫ
ނ. ވެލިދޫ
ނ. ކުޑަފަރި
ނ. މާފަރު
ނ. މަނަދޫ
ރ. މަޑުއްވަރީ
ރ. އުނގޫފާރު
ރ. ރަސްގެތީމު
ރ. ހުޅުދުއްފާރު
ރ. އިނގުރައިދޫ
ރ. އިންނަމާދޫ
ރ. މީދޫ
ރ. ފައިނު
ބ. އޭދަފުށި
ބ. ކަމަދޫ
ބ. ގޮއިދޫ
ޅ. ކުރެންދޫ
ކ. ހިންމަފުށި
ކ. މާފުށި
ކ. ދިއްފުށި
ވިލިމާލެ
ކ. ތުލުސްދޫ