ޕީޕީއެމްގެ އަންހެން ސަޕޯޓަރަކު މިއަދު ވޭނަކުން ވެއްޓި ފަޔަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
މިއަދު ހަވީރު މަރަދޫ ބޮޑު މަގުގައި ހުންނަ "ބޮޑުގެ" ގޯޅިތެރޭގައި ހުޅުވި ޕީޕީއެމްގެ ސަނީ ޖަގަހަ ހުުޅުވަން ބޭއްވި ރަސްމިއްޔާތަށް ހިތަދޫން އަންހެނުންތަކެއް ގޮވައިގެން ދިޔަ ވޭނަކުން ވެއްޓި ފަޔަށް އަނިޔާވީ ހިތަދޫ ގަސްރު ހައުސް ހަދީޖާ އަލީ (ކައްދައިދީ) އަށެވެ.
އެ ޖަގަހަ ހުޅުއްވައި ދެއްވީ ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ޖަގަހަ ކައިރި އަށް ވޭނު މަޑު ކުރުމުން ދޮރު ހުޅުވާލާފައި ފައިބަން އުޅުމުގެ ތެރޭގައި ކައްދައިދީ ބިން މައްޗަށް ވެއްޓި ފަޔަށް ވަރަށް ބޮޑަށް އަނިޔާވުމުން އޭނާ ހިނގޭ ގޮތެއް ވެސް ނުވި އެވެ.
އެހެންވެ އެ ސަރަހައްދަށް އެއްވެފައި ތިބި މީހުންގެ ތެރެެއިން ބަޔަކު އޭނާ ނަގައިގެން ގެންގޮސް އެ ހިސާބުގަނޑުގެ ގެއަކަށް ވެއްދި އެވެ.
އަދި ފޭދޫ ސިއްހީ މަރުކަޒުގެ އެމްބިއުލާންސަށް ގުޅައިގެން ކައްދައިދީ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އޭނާ އާ އެކު މަރަދު އަށް ވޭނުގައި ދިޔަ މީހަކު ބުނީ ކައްދައިދީގެ ފަޔަށް އެެހާ ބޮޑަށް އަނިޔާވީ އޭނާ އަރައިގެން އިން އުސް ފައިވާނާ އެކު ވެއްޓުމުން ކަމަށެވެ.