Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑުން ރަސްމީކޮށް ދިވެހި ސަޕޯޓަރުންގެ ޖަމިއްޔާ ބަލައިގެންފި

މެންޗެސްޓަރ ޔުނައިޓެޑްގެ އޮފިޝަލް ސަޕޯޓަރޒް ކްލަބެއް (އެމް.ޔޫ.އެސް.ސީ) ގެ ގޮތުގައި ރާއްޖޭގައި
ރަޖިސްޓްރީކޮށްފައިވާ ވަން ޔުނައިޓަޑް މޯލްޑިވްސް ހިމަނައިފިއެވެ.

މިއީ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރޒް ކްލަބެއް ބަލައިގެނެ އެ ކުލަބުގެ އޮފިޝަލް ވެބްސައިޓުގައި ހިމެނުނު ފަހަރެވެ.

އެން.ޖީ.އޯ އެއްގެ ގޮތުގައި 27 ނޮވެންބަރު 2018 ވަނަ ދުވަހު އުފެދުނު ވަން ޔުނައިޓަޑް މޯލްޑިވްސް އަކީ މެންޗެސްޓަރ ޔުނައިޓަޑަށް ސަޕޯޓުކުރާ ދިވެހި ޒުވާނުންތަކެއް ގުޅިގެން ރަސްމީ ގޮތުން މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރޒް ކްލަބުގެ ހައިސިއްޔަތު ލިބިގަތުމަށާއި މެންޗެސްޓަރ ޔުނައިޓެޑް ފުޓްބޯލް ކްލަބާއި ރާއްޖޭގައި ދިރިއުޅޭ އެ ކްލަބުގެ ސަޕޯޓަރުންނާމެދު ލިންކެއް އުފެއްދުމުގެ މަގުސަދުގައި ރަޖިސްޓްރީކުރި ޖަމިއްޔާއެކެވެ.

އެގޮތުން ދާދިފަހުން "ވަން ޔުނައިޓެޑް މޯލްޑިވްސް" ވަނީ އެ ކްލަބްގެ އަހަރީ އާންމު ޖަލްސާ ބާއްވައި އޮފިޝަލް ސަޕޯޓަރޒް ކްލަބްގެ ހައިސިއްޔަތު ހޯދުމަށް ޔުނައިޓެޑަށް އެންމެ ފުރަތަމަ ފޮނުވާ ދަފްތަރުގައި ހިމެނުމުގެ ޝަރަފު ލިބިގަތުމަށް މި ހިނގާ 21/2020 ފުޓުބޯޅަ ސީޒަނުގެ މެންޗެސްޓަރ ޔުނައިޓެޑްގެ އޮފިޝަލް މެންބަރުކަން އޮތް ދިވެހިންނަށް "ރޭސް ޓު ފިފްޓީ"ގެ ނަމުގައި އޯޕަން އިންވިޓޭޝަނެއް ފޮނުވާފައެވެ.