Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ސަލާހު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިވަގުތު ގައުމީ ޓީމާއެކު މެޗުތައް ކުޅުމަށް މިސްރުގައި ސަލާހު ހުރިއިރު، އެގައުމުގެ ފުޓްބޯޅަ އިދާރާ އިން ބުނީ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ.

ސަލާހު ފިޔަވައި ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް މިސްރުގެ ފުޓްބޯޅަ އިދާރާ އިން ބުނެއެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މާދަމާ މިސްރު ނިކުންނާނީ ޓޯގޯއާ ދެކޮޅަށެވެ.

ސަލާހު ބައްޔަށް ޕޮޒިޓިވްވިއިރު މީގެކުރިން އެޓީމުގެ މިޑްފީލްޑަރު ތިއާގޯ އާއި ފޯވާޑް ސަޑިއޯ މާނޭ ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.