Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ރިޝްމީ އާއި އަޒޭގެ ކައިވެނި ނިމުމަކަށް!

މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި އަހުމަދު އަޒުމީލް (އަަޒޭ) ގެ ކައިވެނި ނިމުމަކަށް އަތުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކާއި ބައެއް ފިލްމްތަކާއި ޑްރާމާތަކުގައި ވެސް އެކުގައި ފެނިފައިވާ މި ދެމަފިރިންގެ ކައިވެނި ކޯޓްގައި ރޫޅާލާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށްވެ އެވެ.

އެހެން ނަމަވެސް ދަރިއަކު ވެސް ލިބިފައިވާ ރިޝްމީ އާއި އަޒޭގެ ކައިވެނި ރޫޅުނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ.

އަޒޭ އާއި ރިޝްމީ އެކުގައި ފެނިފައިވާ ފިލްމްތަކުގެ ތެރޭގައި "ފަނާ" އާއި "ހިތް ޔާރާ ދީފާ" ހިމެނެ އެވެ. އަދި އެ ދެ މީހުން ލީޑް ރޯލް ކުޅުނު ޑްރާމާ "މި ހިތަށް ލޯބި ދޭށޭ" އަކީ ވެސް ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ޑްރާމާއެކެވެ.

"ޔާރާ ޕްރޮޑަކްޝަން" ގެ މައި މުގޫ ކަމުގައި ބެލެވޭ ރިޝްމީ އާއި އަޒޭގެ ކައިވެނި އަހަރުތަކެއް ފަހުން ރޫޅިގެން ދިޔަ އިރު، އަޒޭ އެހެން ކުއްޖަކާ ހިތާވެގެން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އަޒޭކޮށްފައިވާ ބައެއް ޓްވީޓްތަކުން ވެސް އެކަން ފާހަގަ ކުރެވެ އެވެ.

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ވިދަމުން އަންނަ ބަތަލާ ރިޝްމީގެ ކައިވެނި ރޫޅުނު އިރު އޭނާގެ ކޮއްކޮ އަދި ބަތަލާ އާމިނަތު އައްޒަގެ ކައިވެނި ވެސް ދަރިއަކު ލިބުނުތާ މާ ގިނަ ދުވަހެއް ނުވެ ވަނީ ރޫޅިގެން ގޮސްފަ އެވެ.