ސ. ހިތަދޫގެ ބައެއް ސަރަހައްދުތައް ބަންދުކޮށްގެން ފުލުހުން ޗެކް ކުރަމުން އެބަ ދެ އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ހިތަދޫ ރަތްފިނިފެންމާގެ ޗެކްކޮށްފައިވާ އިރު، އެ ރަށު "ފެހިކުރި" ގެ ވެސް ވަނީ ފުލުހުން ވަދެ ޗެކްކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެހިކުރި ގެއިން މޯބައިލް ފޯނަކާއި، ހާޑް ޑިސްކެއް ފުލުހުންވަނީ ނަގާފައެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވިދާޅުވީ ހިތަދޫގެ ބައެއް ތަންތަން ޗެކް ކުރަމުން ދަނީ ފުލުހުން ކުރިއަށް ގެންދާ ބޮޑު އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.
"އެހެން ނަމަވެސް މި ވަގުތު މިކަމާ ބެހޭ އެއްވެސް ތަފުސީލެއް މީޑިއާ އަށް ދެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ދަނީ އެ ޕާޓީގެ ހިތަދޫ ޖަގަހަތަކަށް ވެސް ފުލުހުން ވަދެ ޗެކް ކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.