Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި

ހއ. ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ދާދި ދެންމެއަކު ޖައްސައިފިއެވެ.

198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި އެއާޕޯޓަށް ޖެއްސި ޓެސްޓު ފްލައިޓުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް އާއި ބައެއް ސަރުކާރުގެ އިސްވެރިން ވަނީ ވަޑައިގެންފައެވެ.

މިއީ މި ސަރުކާރުން އައި ފަހުން ކުރެވުނު އެންމެ ބޮޑު އެއް މަޝްރޫއުއެވެ. މުޅި އިވަންދިއްޕޮޅުގެ ތަރައްޤީއާއި ގުޅިފައިވާ މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާނީ އަންނަ އަންގާރަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން ހެދި މި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2019 ވަނަ އަހަރު މާޗު 25 ވަނަ ދުވަހުއެވެ. އެއާޕޯޓުގެ ޓާމިނަލް ގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ހޯރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއި އެކު ހަދާފައިވާ އެއާޕޯޓެކެވެ.