މޭގައި އާދަޔާ ހިލާފަށް ރިއްސާތީ ބޮލީވުޑްގެ ކުރީގެ މަަޝްހޫރު އެކްޓަރު ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަތަލާ ސާއިރާ ބާނޫގެ ފިރިމީހާ ދިލިޕް ކުމާރު، 90، މުމްބާއީގެ ލީލަވަތީ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އިއްްޔެގެ ވަގުތެއްގަ އެވެ.
އޭނާ އަށް ފަރުވާ ދިނުމުގެ ކަންތަކާ ހަވާލުވެފައި ވަނީ އެ ހޮސްޕިޓަލްގެ ކާޑިއޮލޮޖިސްޓް ޑރ. ނިތިން ގޮކާލޭ އެވެ. މީގެ ކުުރިން ވެސް ނޭވާލާން އުނދަގޫވެގެން ދިލިޕް ކުމާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ.
ލީލަވަތީ ހޮސްޕިޓަލްގެ ސީއޯއޯ ޑރ. ނަރެންދުރަ ތްރިދޭވީ ވިދާޅުވީ އައިސީގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ދިލިޕް ކުމާރުގެ ހާލު އާދައިގެ ގޮތަކަށް ރަނގަޅު ކަމަށެވެ.
ފަސްދޮޅަހަށް ވުރެ ގިން ފިލްމް ކުޅެފައިވާ މިދިޔަ އަަހަރު އުމްރާ ވެސް ވެފައިވާ ދިލިޕް ކުމާރުގެ ފާހަގަކޮށްލެވޭ ބައެެއް ފިލްމްތަކުގެ ތެރޭގައި "މުގްލޭ އާޒަމް"، "ނަޔާ ދައުރު"، "ދޭވްދާސް"، "އާޒާދު" އަދި "ގަންގާ ޖަމްނާ" ފަދަ ފިލްމްތައް ހިމެނެ އެވެ.