މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމްގެ ތެރޭގައި ހިމެނޭ ސަންޖޭ ލީލާ ބަންސާލީގެ "ރާމް ލީލާ" ގެ ފުރަތަމަ ޓްރެއިލާ މިއަދު ލޯންޗްކޮށްފި އެވެ.
ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގް ލީޑް ރޯލް ކުޅޭ "ރާމް ލީލާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 15 ގަ އެވެ.
މި ފިލްމަކީ 2010 ވަނަ އަހަރު ރިތިކް ރޯޝަން އާއި އަައިޝްވާރިއާ ރާއީ ހިމަނައިގެން ބަންސާލީ ޑައިރެޓް ކުރި "ގުޒާރިޝް" އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
އަސަރު ގަދަ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ "ރާމް ލީލާ" އަށް ކެތްތެރި ކަމެއް ނެތި ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.
މި ފިލްމްގައި އިންޑިއާގެ ކުލަ ގަދަ ސަގާފަތް ވަަރަށް ބޮޑަށް ފެނިގެން ދާނެ އެވެ.
ބަންސާލީގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" އަކީ ވެސް ވަރަށް ހިތްގައިމު އަދި ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ދެ ފިލްމެވެ.
މިއީ ޒުވާން ދެ ތަރިން ކަމަށްވާ ދީޕިކާ އާއި ރަންވީރު އެކުގައި ސްކްރީނުން ބެލުންތެރިންނަށް ފެންނަ ފުރަތަމަ ފިލްމް ވެސް މެ އެވެ.