ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
މާދަމާ ހަވީރު 4:30 ޖަހާއިރަށް ގަމުގެ ޕޮލިސް ސްޓޭޝަނަށް މިރާ ހާޒިރުކުރަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބަޔާނެއް ނެގުމަށް ކަމަށްވެއެވެ. ނަމަވެސް މިރާ ފޯނު ނުނަންގަވާތީ އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިރާއަކީ ފެބްރުއަރީ 8، 2012 ގައި އައްޑޫގެ ތަންތަނުގައި ހުޅުޖަހައި އަންދާލި މައްސަލާގައި ފުލުހުން ބަންދުކޮށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
މިރާ ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވުމާއި ގުޅިގެން އެމްޑީޕީގެ ފޭދޫ ދާއިރާއިން ބުނީ މިއަމަލަކީ އެމްޑީޕީގެ ކެމްޕެއިންއަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ކުރާކަމެއް ކަމަށެވެ.