Last Updated: March 29, 02:52
Thursday, March 28, 2024
ކުޅިވަރު

ޑިއޭގޯ މަރަޑޯނާ މަރުވެއްޖެ

އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ މަރުވެއްޖެ އެވެ.

މަރަޑޯނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. މަރުވިއިރު މަަރަޑޯނާގެ އުމުރަކީ 60 އަހަރެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި މަރަޑޯނާ ވަނީ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި ވަނީ 34 ގޯލު ޖަހައިފަ އެވެ.

މަރަޑޯނާގެ ކެރިއަރުގައި އޭނާ ވަނީ ސްޕޭނުގެ ބާސެލޯނާ އާއި އިޓަލީގެ ނަޕޯލީ އަށް ކުޅެފައެވެ.

މީގެއިތުރުން މަރަޑޯނާ ވަނީ 2008 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ޖަރުމަން އަތުން ވި ބޮޑު ބައްޔާއެކު އޭނާ ވަނީ އެޓީމުގެ ކޯޗުކަމުން ވަކިވެފައެވެ.

މަރަޑޯނާ ވަނީ އާޖެންޓީނާގެ ދެ ޓީމަކާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މެކްސިކޯގެ ޓީމުތަކަށް ވެސް ކޯޗު ކޮށްދީފަ އެވެ.