Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ބްރެކެޓް ޗެލެންޖް ދަގަނޑޭ ކާމިޔާބު ކޮށްފި

އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކޮށްފިއެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ގޯލްތަކުގެ މެދުގައި އޭއެފްސީން ނަގާ ޕޯލު ދަގަނޑޭ ކާމިޔާބު ކުރީ ހޮންކޮންގުގެ ޗަން ސިއު ކީއާ ވާދަކޮށްގެންނެވެ.

އެގޮތުން ދަގަނޑޭ ފައިނަލް ކާމިޔާބު ކުރީ 89.14 ޕަސެންޓް ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

ބްރެކެޓް ޗެލެންޖްގައި ހިމަނާފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓަށް ކުޅެ އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. އެގޮތުން އޭނާ މި ގޯލު ކާމިޔާބުކުރި ގިނަ ކުޅުންތެރިންތަކެއްގެ ގައިން ނައްޓާލުމަށްފަހުއެވެ.

ބްރެކެޓް ޗެލެންޖުގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަށް ދަގަނޑޭ ވަނީ މީގެކުރިން ޝުކުރު އަދާކޮށްފައެވެ. އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ.