ފަނަރަ ވަރަަކަށް އަހަރުގެ މެދު ކެނޑުމަކަށް ފަހު މިދިޔަ އަހަރު "އިންގްލިޝް ވިންގްލިޝް" އިން ބޮޑު ސްކްރީނަށް އެނބުރި އައި ބޮލީވުޑްގެ މަޝްހޫރު ކުޅަދާނަ ބަތަލާ ސްރީދޭވީ ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްރީދޭވީ ސޮއި ކުރި ހޮލީވުޑްގެ ފިލްމަކީ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު ރޮބަޓް ރެޑްފޯޑްގެ އަންހެން ދަރިފުޅު އުމުރުން 43 އަހަރުގެ އެމީ ރެޑްފޯޑް ޑައިރެކްޓް ކުރާ "ކައު ބޯއިސް އެންޑް އިންޑިއަންސް" އެވެ.
މި ފިލްމަށް ސްރީދޭވީ ސޮއި ކުރިކަން އޭނާގެ މެނޭޖަރު ޕަންކެޖް ކަރްބަންދާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެހެން ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެ އެވެ.
ސްރީދޭވީގެ ފުރަތަމަ ހޮލީވުޑް ފިލްމް ޕްރޮޑިއުސް ކުރަނީ ޖަމީ ވޯލް އާއި ޖެރީ ލެއިޑާ އެވެ.
ސްރީ ދޭވީގެ އިތުރުން އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ މެރީލް ސްޓްރީޕް ވެސް "ކައު ބޯއިސް އެންޑް އިންޑިއަންސް" ގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ އެވެ.