Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކޮވިޑު-19 ގައި އިތުރު ދިވެއްސަކު މަރުވެއްޖެ

ކޮވިޑު-19 ގައި އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 75 އަހަރުގެ ދިވެއްސެކެވެ. މި މީހާގެ މަރާއި އެކު ރާއްޖެއިން ކޮވިޑު-19 ގައި މަރުވި މީހުންގެ އަދަދު މިވަނީ 47އަށް އިތުރުވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 13،011 އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ބަލި ޖެހިފައިވާ 1019 މީހުން ތިބި އިރު އޭގެ ތެރެއިން 95 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 11939 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.