Last Updated: June 8, 21:45
Monday, June 8, 2026
ސިޔާސީ

ސްޕްރީމް ކޯޓުގެ އަމުރާ އެކު އެމްޑީޕީ މަގުމައްޗަށް

އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ. ފޮޓޯ/ ޖޭޑް

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެއްސި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓް ލުން ލަސް ކުރުމަށް ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމެންދެން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ގަރާރެއް ފާސްކޮށްފި އެވެ.

ރޭ ނެރުނު ގަރާރުގައި ވަނީ ދިވެހި ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވޯޓުލުން 28 ސެޕްޓެމްބަރު 2013 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައި ވަނިކޮށް ދިވެހި ރާއްޖޭގެ ސުޕްރީޕް ކޯޓުގެ ހަތަރު ފަނޑިޔާރުން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާ ހިލާފަށް ވަކި މުއްދަތެއް ނެތި އެ އިންތިހާބުގެ ދެ ވަނަ ބުރު ލަސް ކުރުމަކީ ދިވެހި ރާާއްޖޭގައި އުފެދި އަށަގަންނަމުން އަންނަ ޑިމޮކްރަސީ ފުނޑުފުނޑުކޮށްލައި، ރައްޔިތުންގެ އެތަށް ހައްޤުތަކަކަށް އަރައި ގަނެ މި ރާއްޖެ ހަރާބުކޮށްލުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެހެންވެ ސުޕްރީމު ކޯޓުގެ މަައްސަލަ ނިމެންދެން އެޕްޑީޕީ ގެ ފަރާތުން އިހުތުޖާޖު ކުރުމަށް މަގުމައްޗަށް ނުކުތުމަށް ވަނީ ނިންމައިފަ އެވެ.

ވަރަށް ގިނަ އަދަދެއްގެ އާންމު މެންބަރުން ވެސް ބައިވެރިވެފައިވާ މި ބައްދަލުވުމުގައި، މި ހުށައެޅުން ފާސްކޮށްފައި ވަނީ ބައްދަލުވުމަށް ވަޑައިގެންތިއް ބެވި ގައުމީ މަޖިލީހުގެ 56 މެންބަރުންގެ ފުރިހަމަ ތާއީދާ އެއްކޮށެވެ.

ރިޔާސީ އިންތިހާބުގެ 2ދެ ވަނަ ބުރުގެ ވޯޓް ލުން ލަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމެންދެން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަށް ގަރާރު ހުށަހެޅީ ޕާލިމެންޓަރީ ގުރޫޕުގެ ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ.

މި ހުށައެޅުމަށް ތާއީދުކޮށްފައި ވަނީ އެމްޑީޕީގެ މާލިމެންޓަރީ ގުރޫޕުގެ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދެެވެ.