Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ކައުންސިލް އިންތިޚާބުގައި ބޮންޑާ ވާދަނުކުރާނެ

ކުރިއަށް އޮތް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޝަމްވީލް ގާސިމް(ބޮންޑާ) ވާދަނުކުރަން ނިންމައި، ނަން އަނބުރާ ނަގައިފިއެވެ.

ބޮންޑާ ނަން އަނބުރާ ނަގާފައިވާ ކަން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ. މިއަހަރު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ކައުންސިލް އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ކޮވިޑް-19 ރާއްޖެއިން ފެނިގެން ލޮކްޑައުން ކުރުމުންނެވެ.

ލޮކްޑައުން އަށް ފަހު އިންތިޚާބު ފަސްކުރުމުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން އަންނަނީ އިންތިޚާބުގައި ވާދަނުކުރަން ނިންމައި، ނަން އަނބުރާ ނަގަމުންނެވެ.

ބޮންޑާގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ވެސް ވަނީ ނަން އަނބުރާ ނަގާފައެވެ.