Last Updated: June 8, 21:45
Monday, June 8, 2026
ވިޔަފާރި

ބަންގާޅުން ރާއްޖެ އަށް މީހުން ފޮނުވުން ހުއްޓުމަކަށް!

އައްޑޫގައި އުޅޭ ބިދޭސީންތަކެއް މަސް ބާނަނީ. ފޮޓޯ/ އައްޑޫ ލައިވް

ރާއްޖެ އަށް އެންމެ ގިނައިން ބިދޭސީން ގެންނަ އަވަށްޓެރި ބަންގްލަދޭޝް އިން ރާއްޖެ އަށް މީހުން ފޮނުވުން ވަގުތީ ގޮތުން އެ ގައުމުގެ ސަރުކާރުން ހުއްޓާލައިފި އެވެ.

ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހަމަޖެއްސި އުސޫލަށް އަމަލު ކުރަން ފަށާފައި ވަނީ އިއްޔެ އިން ފެށިގެން ކަމަށެވެ.

ބަންގްލަދޭޝްގެ މޭން ޕަވަ އެންޑް ހިއުމަން ރިސޯސަސް ޓްރެއިނިން ބިއުރޯގެ ޑިރެކްޓަރު އަބްދުއްލަތީފް ޚާން ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އަމާންވެއްޓެއް ގާއިމު ވަންދެން މި އުސޫލަށް އަމަލު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ މީހުންގެ ހާލަތު ދެނެގަތުމަށް ހާއްސަ ވަފުދެއް މި ހަފުތާގެ ތެރޭގައި ފޮނުވާނެ ކަމަށެވެ.
އަދި އެ ގައުމުން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ހުއްދަ ދޫކުރަން ފަށާނީ އެ ވަފުދުގެ ހުށަހެޅުންތަކަށް ބެލުމަށް ފަހު ކަމަށް ވެސް ލަތީފް ވިދާޅުވެފައިވެ އެވެ.