Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ސިސޯން ރައީސް އާ ބައްދަލުކޮށްފި

ރައީސް ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ކުރެއްވެން ހުރި ކަންކަން ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި، އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ހުރިހާ ފަރާތްތަކަކުން ވެސް ޤައުމުގެ ހަމަޖެހުމަށް އިސްކަން ދެއްވުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމުގައި ވިދާޅުވި އެވެ.