Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މަސް ދޯންޏަކަށް ސަދަން އޭރިއާގެ އެހީތެރިކަން

މަހަށް ނުކުމެ އުޅެނިކޮށް އައްޑު އަތޮޅުގެ ހިތަދޫ އާ 22 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.

މިހާދިސާގެ މަޢުލޫމާތު އިއްޔެ 15:20 ހާއިރު ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަށް ލިބުމާއެކު ކޯސްޓްގާޑްޝިޕް ޝަހީދު ޢަލީ އެ ސަރަހަށްދަށް ގޮސް އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތްވަނީ ފަށާފަ އެވެ.

މި ހާދިސާގައި އިންޖީނު ހުއްޓިފައި ވަނީ ފުވައްމުލަކުގެ "މަސްތިލަ2-" ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯނިން ދަތުރު ކުރި 22 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ބުންޏެވެ.

މި ހާދިސާ އާ ގުޅިގެން އެ ދޯނި ކަފު ޖެހުމަށް ދޯނީގެ ވެރި ފަރާތުން ފޮނުވި "ގެލަރީ" ނަމަކަށް ކިޔާ ދޯންޏެއް ކަފު ޖަހައިގެން ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީގެ ބެލުމުގެ ދަށުން އައްޑު އަތޮޅުގެ މަރޫދު އާ ދިމާލަށް ވަނީ ގެންގޮސްފަ އެވެ.