Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

"ހެޕީ އެންޑިން" ގައި ކަރީނާގެ ކެމިއޯއެއް

ސައިފް އަލީ ހާނާ ކައިވެނި ކުރުމަށް ފަހު، ކަރީނާ ކަޕޫރު ފިރިމީހާ ސައިފް އާ އެެކުގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ ފިލްމަކީ "ހެޕީ އެންޑިން" ކަމަށް ވެއްޖެ އެވެ.

މިއީ ސައިފްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިލޫމިނަތީން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

އެ ކުންފުނީގެ "ގޯ ގޯއާ ގޯން" ގެ ދެ ޑައިރެކްޓަރުން ކަމަށްވާ ކްރިޝްނާ ޑީކޭ އާއި ރާޖް ނިދިމޮރޫ ޑައިރެކްޓް ކުރާ "ހެޕީ އެންޑިން" ގައި ލީޑް ރޯލް ކުޅެނީ ސައިފާއި އިލިއާނާ ޑި ކްރޫޒެވެ.

އިލިއާނާއަކީ ކަރީނާގެ ކަޒިން ރަންބީރު ކަޕޫރާ އެކު "ބަރްފީ" އިން ބޮލީވުޑަށް ތައާރަފްވުމަށް ފަހު، ކަރީނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރާ އެކު "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ގައި ލީޑް ރޯލް ކުޅުނު ބަތަލާ ވެސް މެ އެވެ.

އެހެން ނަމަވެސް މި ފިލްމްގައި ކަރީނާގެ ލަވައެެއްގެ އިތުރުން ސައިފާ އެކު އޭނާގެ ހާއްސަ މަންޒަރެއް ފިލްމްގައު ހިމެނޭނެކަން ދެ ޑައިރެކްޓަރުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެެ.

ސައިފް އާއި ކަރީނާ އެންމެ ފަހުން އެކުގައި ސްކްރީނުން ފެނުނީ ދެ މީހުންގެ ކައިވެނީގެ ކުރިން މިދިޔަ އަހަރު ރިލީޒްވި "އެޖެންޓް ވިނޯދް" އިންނެވެ.

ސައިފާއި އިލިއާނާ ލިއުންތެރިންގެ ރޯލް އަދާ ކުރާ "ހެޕީ އެންޑިން" ގެ ހާއްސަ ފެނިލުމަކުން ޕްރިތީ ޒިންތާ ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމްގެ މަންޒްރުތައް އެމެރިކާގެ އެކި ސިޓީތަކުގައި މިހާރު އަންނަނީ ނަގަމުންނެވެ.