ޖަރުމަން ލީގުގައި ސްޓުޓްގާޓް އަތުން ރޭ 5-1 ގެ ތަފާތު ބޮޑު ނަތީޖާ ބްރޫޝިއާ ޑޯޓްމަންޑް ބަލިވުމުން ކޯޗު ލޫސިއެން ފަވްރޭ މަގާމުން ވަކިކޮށްފިއެވެ.
ޖަރުމަނު ލީގުގައި އެންމެފަހުން ޑޯޓްމަންޑް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ ބަލިވެފައެވެ. ޑޯޓްމަންޑް އޮތީ 19 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ވަނީ 24 ޕޮއިންޓު ހޯދާފައެވެ.
ފަވްރޭ މަގާމުން ވަކިކުރުމަށްފަހު އެޓީމުގެ ކޯޗު ކަމުގެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެޑިން ޓެރްޒިކް އާއެވެ.
އުމުރުން 63 އަހަރުގެ ފަވްރޭ ޑޯޓްމަންޑްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ކުޅެ ޑޯޓްމަންޑުން ވަނީ މިދިޔަ ސީޒަނުގެ ޖަރުމަނު ސުޕަރ ލީގު ކާމިޔާބުކޮށްފައެވެ.