Last Updated: June 13, 02:24
Friday, June 12, 2026
މުނިފޫހިފިލުވުން

"ރާދޭ" ގައި ސަލްމާން، ތާބޫ އަދި ނަސީރުއްދީން ޝާހް

ދެހާސް ހަ ވަނަ އަހަރު ރިލީޒްވި ތަމަޅަ ފިލްމް "ސްޓާލިން" ގެ ރައިޓްސް ސޮހައިލް ވަނީ ގަނެފަ އެވެ.

އާމިރް ހާން ހިމަނައިގެން "ގަޖިނީ" ގެ ހިންދީ ފިލްމް ޑައިރެކްޓް ކުރި އޭއާރް. މުރްގަދޯސް މަޝްހޫރު ތަމަޅަ އެކްޓަރު ޗިރަންޖީވީ ހިމަނައިގެން ގެނެސް ދިން "ސްޓާލިން"ގެ ހިންދީ ފިލްމް ގެނެސް ދިނުމަށް ހަމަޖެހިފައި ވަނީ "ރާދޭ" ގެ ނަމުގަ އެވެ.

ފިލްމްގައި އެންމެ މުހިއްމު ރޯލެެއް އަދާ ކުރާނީ ސޮހައިލްގެ ބޭބެ ސަލްމާން ހާނެވެ.

ސަލްމާން ވަނީ މީގެ ކުރިން "ތޭރޭ ނާމް" އާއި "ވޯންޓެޑް" ގައި ވެސް ރާދޭގެ ކެރެކްޓާ އިން ފެނިފަ އެވެ. އެ ފިލްމަކީ ވެސް ތަމަޅަ ދެ ފިލްމެެއްގެ ރިމެކިން އެވެ.

މީގެ އިތުރުން ސަލްމާންގެ އެދުމުގެ މަތިން "ރާދޭ" ގެ މުހިއްމު ރޯލްތަލަށް ތައްބޫ އާއި ނަސީރުއްދީން ޝާހު ގެނައުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިކަން މިގޮތަށް ވެއްޖެ ނަމަ ސަލްމާނާއި ނަސީރުއްދީން ޝާހް ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނުމުގެ ފުރުސަތު ބެލުންންތެރިނަށް ލިބިގެން ދާނެ އެވެ.