Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

"ކްރިޝް 3" ގެ ހިތްގައިމު ލަވައެއް

"ކްރިޝް 3" ގެ މަންޒަރެއްގައި ކަންގަނާ.

އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ރިތިކް ރޯޝަންގެ ސްޕަހީރޯ ފިލްމް "ކްރިޝް 3" ގެ ހިތްގައިމު އާ ލަވައެއް މިއަދު އާންމުކޮށްފި އެވެ.

ރިތިކް އާއި ކަންގަނާ ރަނާވަތު ފެންނަ "ދިލް ތޫ ހީ ބަތާ" ކިޔާފައި ވަނީ ހިތްގައިމު އަޑުގެ ވެރިޔާ އަލިޝާ ޗިނޯއި އާއި ޒުބީން ގަރްގް އެވެ.

މި ލަވައިގެ ލިރިކްސް ސަމީރް އަންޖާން ހަދާފައިވާ އިރު، މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ ރާކޭޝް ރޯޝަން އެވެ.

މީގެ ކުރިން ވަނީ "ކްރިޝް 3" ގެ އެހެން ލަވައެއް އާންމުކޮށްފަ އެވެ. "ދަގުޕަތީ ރާޖާރާމް" ލަވައިން ފެނިގެން ދަނީ ރިތިކް އާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.

ރާކޭޝް ރޯޝަން ޑައިރެކްޓްކޮށްފައިވާ "ކްރިޝް 3" އަކީ "ކޮއި މިލްގަޔާ އާއި "ކްރިޝް" އާ ގުޅުވައިގެން ގެނެސްދޭ ތިން ވަނަ ފިލްމެވެ.

މި ފިލްމްގެ ސްޕަ ވިލަންއެއްގެ ރޯލުން ވިވެކް އޮބެރޯއީ ވެސް ފެނިގެން ދާނެ އެވެ.