Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބިދޭސީ ޓީޗަރެއްގެ އަތުން ފޭރިގެންފި

ސ. ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގެ ބިދޭސީ ޓީޗަރަކަށް މަގުމަތިން ގްރޫޕެއްގެ ބަޔަކު ބިރު ދައްކައި އިއްޔެ ފޭރިގެންފި އެވެ.

އެނގިފައިވާ ގޮތުގައި އެ ޓީޗަރުގެ އަތުން ފޭރިގެންފައި ވަނީ އެހެން ޓީޗަރަކާ އެކު ގެއަށް ދަނިކޮށް ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ވެގެންނެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު އެވެ.

އެ މީހުން ވަނީ ޓީޗަރުން ވަށާލައި އެ މީހުންގެ އަތުގައި ހުރި ތަކެތި ދެއްކުމަށް އަންގައިފަ އެވެ. އަދި ޖީބުގައި ހުރި ތަކެތި ނެގުމުން ފައިސާ އާއި މޮބައިލް ފޯން އަތުލައިގެން އެ މީހުން ވަނީ ގޮސްފަ އެވެ.

އައްޑޫގައި އުޅޭ ބިދޭސީ ޓީޗަރުންނާއި ޑޮކްޓަރުން ދިރިއުޅޭ ތަންތަނަށް ވެސް ވަގުން ވަދެ، ވައްކަންކޮށް އެ މީހުންނާ އެކި ތަންތަނުން ދިމާކޮށް ބިރު ދައްކައި ފޭރުމަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ.