Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

މަސްވެރިޔަކަށް މިޔަރެއް ހަމަލާދީފި

ޅ. ފާދޫ ބޮއި ކައިރީ މަހަށް ގޮސް އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީ، ސީރިއަސް ޒަޚަމްތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ކަނޑަށް ވެއްޓުމުން މިޔަރެއް ހަމަލާދީފައިވަނީ "ޒިކުރާ" ދޯނީގައި މަހަށް ނިކުމެ އުޅުނު މީހަކަށް ކަމަށެވެ. އޭނާ އަށް އިތުރު ފަރުވާ ދިނުމަށް ޅ. ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިފައިން ބުނެފައިވެއެވެ.

ޚަބަރު ލިބޭ ގޮތުގައި މިޔަރު ހަމަލާ ދީފައިވަނީ ވެއްޓުނު މަސްވެރިޔާގެ ފަޔަށެވެ. އޭނާގެ ފައިގެ މައި ނާރަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ..