ސޯނަމް ކަޕޫރާއި އަޔޫޝްމަން ކުރާނާ ލީޑް ރޯލް ކުޅޭ "ބޭވަކޫފިއާން" ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗް މަހުގެ 14 ގައި ކަމަށް އެ ފިލްމް ޕްރޮޑިއުސް ކުރާ ޔާޝްރާޖް ފިލްމް (ވައިއާރްއެފް) އިން ބުނެފި އެވެ.
ނުޕޫރު އާސްތާނާ ޑައިރެކްޓް ކުރާ މި ފިލްމަކީ ސޯނަމް އާއި "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނިކުތް އަޔޫޝްމަން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި މިއީ އެ ދެ ތަރިން ކުޅޭ ވައިއާރްްއެފްގެ ފުރަތަމަ ފިލްމް ވެސް މެ އެވެ.
ދިއްލީގައި ބޮޑު ބައި ޝޫޓް ކުރާ "ބޭވަކޫފިއާން" ގެ މުހިއްމު ރޯލަކުން ރިޝީ ކަޕޫރު ވެސް ފެނިގެން ދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ރިޝީ އަދާ ކުރަނީ ސޯނަމް ކަޕޫރުގެ ބައްޕަގެ ރޯލެވެ.
މި ފިލްމްގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ ރަގޫ ޑިކްޝިޓް އެވެ.