Last Updated: May 19, 13:17
Sunday, May 19, 2024
ޚަބަރު

ޙައްދު ފަހަނައެޅުން ހުއްޓުވޭނީ ދީނުގެ ޞައްޙަ މަޢުލޫމާތު އުނގަންނައިދީގެން

ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު

ދައުލަތުގެ ދީނީ ޝިޢާރު ފާޅުކުރުމުގެ ނިޒާމު ހަރުދަނާކޮށް ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ އިސްލާމީ އިސްތިރާތީޖީ ޕްލޭނެއް އޮތުން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެެއްޖެެއެވެ.

ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ފަތުވާ ދިނުމުގެ ރަސްމީ ނިޒާމު ހަރުދަނާކުރުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ.

އަދި އަދުގެ ޖީލަށް ބޭނުންވާ ދީނީ މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަސޭހަ ގޮތެއްގައި ރަސްމީ އިދާރާތަކުން ލިބޭނޭ މަގުތައް ފަހި ކޮށްދީ ފަސޭހަކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށާއި ފިކުރީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޢިލްމީ ގޮތުން މަސައްކަތްކުރަންޖެހުުމުގެ އިތުރުން އެ މަސައްކަތް ވަރުގަދަ ކޮށްފިނަމަ ފިކުރީ ގޮތުން އިސްލާމްދީނާ ގުޅުވައިގެން އުފެދޭ މައްސަލަތަކަށް ޙައްލު ގެނެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވިއިރު ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ނެޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ (އެންސީޓީސީ) އިން ވަނީ އެދިފައެވެ.

އެގޮތުން ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވެފައިވާއިރު، މިއީ އަންނަން އޮތް ޖީލުތައް ފިކުރީގޮތުން ކުރިއަރާދިއުމާއި ޤައުމީ ތަރައްގީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެންސީޓީސީން ބުނެއެވެ.

އަދި ހަރުކަށި ފިކުރުތައް ފަތުރާމީހުން ރެއާއި ދުވާލު، އިންޓަނެޓްގެ ވަޞީލަތްތަކާއި، ސޯޝަލް މީޑިއާގެ ވަޞީލަތްތަކާއި، ސިއްރިޔާތުގައި، އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ އެބައިމީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މައުލޫމާތު ދެއްވުމަށް:

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު

އީމެއިލް: info@nctc.gov.mv

ފޯނު ނަމްބަރު: 1615

މޯލްޑިވްސް ޕޮލިސް ސަރވިސް

އީމެއިލް: ctd@police.gov.mv

ފޯނު ނަމްބަރު: 9704000